ޓެކްސީގެ ހިދުމަތް ދެވޭނީ އެ ވެހިކަލެއް ޓެކްސީ ސެންޓަރެއްގައިކޮށްގެން ކަމަށް ލާޒިމުވާ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި އެވެ.
މިހާރު އަމަލު ކުރަމުން އަންނަ ގަވައިދުގެ ދަށުން ޕްރައިވެޓް ހަޔާއެއްގެ ގޮތުގައި ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ނުކޮށް ވެސް ހިދުމަތް ދެވެ އެވެ. އެ ގަވައިދަށް މީގެ ދެ އަހަރު ކުރިން އަހަރުން ފެށިގެން އަމަލު ކުރަމުން އައި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި އާ އިސްލާހުގައިވާ ގޮތުން ދެން ކާރު ޓެކްސީ ލައިސަންސް ދޫކުރާނީ ހަމަޖެހިފައިވަނީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެވެ.
އެގޮތުން ހިދުމަތުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަން އަންގަައިދޭ ލިޔުން ވެސް ހުށަހަޅަން ޖެހޭނެ އެވެ.
ޓްރާންސްޕޯޓުން ބުނި ގޮތުގައި އާ ގަަވައިދަށް އަމަލު ކުރަން ފެށުމުން އެކު ކުރިން އަމަލު ކުރަމުން އައި އިސްލާހު ބާތިލުވާނެ އެވެ.