Last Updated: September 21, 16:31
Saturday, September 21, 2024
ޚަބަރު

ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި

ތިނަދޫގައި ހުންނަ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި އެވެ.

އެތަން ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވީ އެ ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއްގަ އެވެ. މި ސަރުކާރުން ވަނީ ލޭ ހޯދުން ފަސޭހަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބްލަށް ބޭންކް ގާއިމު ކުރަން ނިންމައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ތިނަދޫގައި ޓާޝަރީ ލެވެލް އަށް ސިއްހީ ޚިދުމަތް ދެވޭ ގޮތް ހަދަން ރާވާފައިވާ ކަމަށާއި މި އަހަރު ނުވަތަ އަންނަ އަހަރު އެކަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ތިނަދޫ ހޮސްޕިޓަލުގައި ވެލްނެސް ސެންޓަރާއެކު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ވެސް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތުގެ މަޝްރޫއު ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ) އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު 30 ގަ އެވެ.