Last Updated: September 21, 17:23
Saturday, September 21, 2024
ޚަބަރު

އިމާމުންގެ މަހާސިންތާ ފަށައިފި

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "އިމާމުންގެ މަހާސިންތާ" މިއަދު ފަށައިފި އެވެެ.

އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ މަހާސިންތާގައި 500 އަށް ވުރެ ގިނަ އިމާމުން ބައިވެރިވެ އެވެ. މިނިސްޓްރީން މިއީ ބުނީ ރާއްޖޭގައި ބާއްވާ އިމާމުންގެ ފުރަތަމަ މަހާސިންތާ ކަމަށާއި މަހާސިންތާގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ އިމާމުންނާ ބައްދަލުވުމުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރައީސް ޑރ މުއިއްޒުގެ އިރުޝާދުގެ ދަށުން އިމާމުންނަށް މަތީ ތަޢުލީމާއި ޙައްޤުމަޤާމާއި ޝަރަފް ހޯދައި ދެވޭނެ ކަމަށެވެ.

މި ސަރުކާރުން އަންނަނީ އިމާމުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ވެސް ތަމްރީނު ކުރަމުންނެވެ. އެގޮތުން މި އަހަރު 100 އިމާމުން ތަމްރީނު ކުރަން އަމާޒު ހިފާފައިވާ އިރު، މިހާތަނަށް 60 އިމާމަކަށް ބޭރުން ތަމްރީނު ދީފައިވެ އެވެ.