Last Updated: September 21, 18:23
Saturday, September 21, 2024
ޚަބަރު

ބީއެމްއެލްގެ ޗެއާޕާސަނަކަށް ހަބީބު އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަކަށް އަހުމަދު އަލީ ހަބީބު އައްޔަންކޮށްފި އެވެ.

ހަބީބު މިހާތަނަށް ހުންނެވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގަ އެވެ.

މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ގައުމީ ބޭންކްގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކުރީ އައްޑޫ ހިތަދޫ ނޫވިލާގޭ ހަބީބާއި، މަރަދޫފޭދޫ ޑޭލައިޓްވިލާ، ޢަލީ ޢިރުފާންގެ އިތުރުން ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މުޙައްމަދު ޝާހިދެވެ.

ސަރުކާރުން ބީއެމްއެލް ބޯޑަށް އައްޔަންކުރި އިތުރު ޑިރެކްޓަރުން:

* ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
* ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
* ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުން:

* ޢަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
* މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
* ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރާ ހަ މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ ދެ މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ ތިން މެންބަރުންނެވެ.