Last Updated: September 21, 20:22
Saturday, September 21, 2024
ޚަބަރު

މާރާމާރީއެއްގައި ބިދޭސީއަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 3:50 ހާއިރު ހުޅުމާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ބިދޭސީ ފިރިހަނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށްޓަކާ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.