Last Updated: September 21, 20:22
Saturday, September 21, 2024
ޚަބަރު

މަރަދޫން މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ މަރަދޫން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ 19:00 ހާއިރު ގެއިން ނިކުމެގެން ދިޔަ މަރަދޫ ފިރިހެނަކު ގެޔަށް ނައިސް ގެއްލިގެން އުޅޭ މައްސަލައެއް މިއަދު މެންދުރު ފަހު 1:30 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ގެއްލިގެން ހޯދާ މީހާ އަކީ މަރަދޫ ދުންފިނިގޭ އަހުމަދު ހާރޫނެވެ. އޭނަ އަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހެކެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.