Last Updated: September 22, 00:20
Saturday, September 21, 2024
ޚަބަރު

ޑްރަގް އެތެރެކުރި ދުވަސްވީ މީހާގެ ވަނަވަރު އާންމުކޮށްފި

ސްރީ ލަންކާ އިން ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދުވަސްވީ މީހާގެ ވަނަވަރު ހާމަކޮށްފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ހައްޔަރުކުރި އެ މީހާ އަކީ އައްޑޫ ހިތަދޫ ވެހެތާނުގޭ، އަބްދު ﷲ ސޯދިގް، 65، އެވެ.

އޭނާ ރާއްޖެ އެތެރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 349 ގްރާމް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.