Last Updated: September 22, 00:20
Saturday, September 21, 2024
ޚަބަރު

މަރަދޫން ގެއްލުނު މީހާ ފެނިއްޖެ

އައްޑޫ ސިޓީ މަރަދޫން ގެއްލުނު މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ މަރަދޫ ދުންފިނިގޭ އަހުމަދު ހާރޫނެވެ. އޭނަ އަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހެކެވެ.

ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން މިއަދު ހަވީރު 17:05 ހާއިރު އޭނާ ފެނިފައިވާ ކަމަށެވެ. އޭނާގެ ސިއްހީ ހާލަތު ބެލުމަށް މަރަދޫ ސިއްހީ މަރުކަޒަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ ރޭ 19:00 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް ގެއަށް ނައިސް ގެއްލުމާ ގުޅިގެންނެވެ.