Last Updated: September 22, 00:20
Saturday, September 21, 2024
ޚަބަރު

މާލޭ މަގުމަތިން ހަލާކުވެފައިހުރި 224 ސައިކަލު ނަގައިފި

މާލޭ މަގުމަތިން ބާވެ ހަލާކުވެފައިހުރި 224 ސައިކަލު ނަގައިފި އެވެ.

މި ތަކެތި ނަގާފައިވަނީ މާލޭ މަގުމަތިގައި ގިނަ ދުވަސްވެ، ބާ ވެފައި ހުރި އެއްގަމު އުޅަނދުތައް ނެގުމަށް މިއަދު ފެށި މަަސައްކަތުގެ ތެރެއިންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކައުންސިލާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު މާލޭ މަގުމަތީ ގިނަދުވަސްވެ، ބާވެ ހަލާކުވެފައި ހުރި 224 ސައިކަލް ނަގާފައިވާ ކަަމަށެވެ.

މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ހަލާކުވެ، ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާޅު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.