Last Updated: November 26, 13:17
Tuesday, November 26, 2024
މުނިފޫހިފިލުވުން

އިންޑިއާގެ ޓީވީ ބަތަލާއަކާ އެކު ފަވާދުގެ ފިލްމެއް

ޕާކިސްތާންގެ މަޝްހޫރު ތަރި ފަވާދު ޚާން އިންޑިއާގެ ޓީވީ ބަތަލާއަކާ އެކީ ވެސް ފިލްމެއް ކުޅެން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހިންދުސްތާން ޓައިމްސް އިން ބުނީ ފަވާދު ސޮއިކުރި އެ ފިލްމަކީ ރިދީ ޑޮގްރާއާ އެކީ ކުޅެން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެއް ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ. މި ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ލަންޑަނާއި ނިއު ޔޯކްގެ އިތުރުން ބޭރުގެ ބައެން އެ ހިސާބުތަކުގައ ކަމަށާއި ފިލްމުގެ އިތުރު ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހިންދުސްތާން ޓައިމްސް ބުންޏެވެ.

ނަމަވެސް މި ފިލްމު އުފައްދާ ޓީމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާ އިރު، ސިނަމާތަކަށް ފިލްމު ގެންނާނީ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ގެ ކުރީކޮޅު ކަމަށް އެ ނޫހުން ބުންޏެވެ.

ރިދީ އަކީ މިދިޔަ އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޖަވާން" އާއި ސަލްމާން ޚާންގެ "ޓައިގާ 3" ގެ ކުރު ސަޕޯޓިން ރޯލުތަކެއް ކުޅުނު ބަތަލާ އެވެ. އަދި އަންނަ ނޮވެމްބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ވިކްރާންތު މަސީގެ ފިލްމު "ދަ ސަބްރަމަތީ ރިޕޯޓް" އިން ވެސް ރިދީ ފެންނާނެ އެވެ.

އޭނަ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "މަރިއާދާ: ލޭކިން ކަބް ތަކް؟"، "ސާވިތުރީ"، "ޔޭ ހޭ އާޝިގީ" އަދި "ވޯ އަޕްނާ ސާ" ހިމެނެ އެވެ. ރިދީ އަކީ އެކްޓަރު ރާގޭޝް ބަޕަޓްގެ ކުރީގެ އަންހެނުންނެވެ.

އޭނައާ އެކީ ފަވާދު ފިލްމެއް ކުޅޭ އިރު، ބޮލީވުޑްގެ ބަތަލާ ވާނީ ކަޕޫރާ އެކީ ފިލްމެއް ކުޅެން ފަވާދު ސޮއިކޮށްފައިވާ ކަމަށް ދާފި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި ނޮވެމްބަރުގައި ރިލީޒްކުރާ ކާތިކް އާރިއަންގެ "ބޫލް ބުލައްޔާ 3" އިން ވެސް ފަވާދު ފެންނާނެކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.

ނަމަވެސް މިއިން އެއްވެސް ޕްރޮޖެކްޓަކށް ސޮއިކުރިކަން އޭނަ މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ފަވާދު ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅުނެވެ. އެއީ 2014 ގެ "ހޫބްސޫރަތު" އާއި 2016 ގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން އެ އަހަރުގެ "އޭ ދިލް ހެ މުޝްކިލް" އެވެ.