ގައުމީ ޔުނިވާސިޓީއާ ގުޅިގެން ހަދާ ޓްރެއިނިން ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުތެރޭ ފަށާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުައި މިނިސްޓަރު މާރިޔާ އެ ރިސޯޓުގެ ޕްރޮޕޯސަލް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މުރާޖައާކުރުމުގެ މަސައްކަތް ކަމަށެވެ. އޭނަ ވިދާޅުވީ ރިސޯޓަށް އިންވެސްޓަރުން ހޯދުމަށްފަ ހު ކުރިއަށް އޮތް ދެ އަހަރުތެރޭ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
ޓްރެއިނިން ރިސޯޓް ހަދަން ހަމަޖެހިގައި ވަނީ ލ. އަތޮޅުގަ އެވެ. މި ތަނުގެ މައިގަނޑު ބޭނުމަކީ ޓޫރިޒަމް ދާއިރާތަކުން ކިޔެވުމަށް ރާއްޖެއިން ބޭރުން ދަރިވަރުން ރާއްޖެއަށް ގެނައުމެވެ. އަދި އެ ދާއިރާގެ މަތީ މަގާމުތަކުގައި ތައުލީމު ހާސިލުކޮށްގެން ތިބި ދިވެހިން ނެތުމުގެ މައްސަލަ ހައްލުކުރުމަކީ ޓްރެއިނިން ރިސޯޓެއް ހަދަން ނިންމި ސަބަބެކެވެ.
ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، އެ ދާއިރާގެ އެންމެ އިސް މަގާމުތަކުގައި ދިވެހިން މަދުވުމާއި އަންހެނުންގެ ދައުރު ވެސް ޓޫރިޒަމް ސިނައަތުގައި ކުޑަކަން ސަރުކާރުން ފާހަގަކުރެ އެވެ. އެހެންވެ ޓްރެއިނި