Last Updated: December 22, 09:54
Sunday, December 22, 2024
ކުޅިވަރު

އާސެނަލް އުޅުނީ ފުޓްބޯޅަ ކުޅޭކަށް ނޫން: ސިލްވާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގައި އާސެނަލް ކުޅުންތެރިން ގެންގުޅުނު ޓެކްޓިކްސް އަށް ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ސިޓީގެ ދަނޑުގައި، ރޭ ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން ނިމުނީ އެއްވަރުވެގެންނެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސިލްވާ ބުނީ މި މެޗުގައި ފުޓްބޯޅަ ކުޅެން އުޅެނީ އެންމެ ޓީމަކުން ކަމަށާއި އާސެނަލުން ނިކުތީ ރެފްރީ ތަންދިން މިންވަރަކަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކަމަށެވެ. އަދި އަބަދުވެސް މެޗުތަކުން މޮޅުވުމުގެ އަމާޒުގައި ސިޓީ ނިކުންނާތީ އެކަމާ ހިތްހަމަޖެހޭ ކަމަށާއި މި މެޗަށް ވެސް ނިކުތީ ތިން ޕޮއިންޓް ހޯދަން ނަމަވެސް ޕޮއިންޓަކުން ފުއްދާލަން ޖެހުމުން ހިތްހަމަނުޖެހޭ ކަމަށްވެސް ސިލްވާ ބުުންޏެވެ.

"އެކަމަކު މެޗަށް ސިޓީން ނިކުތް ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ. އަބަދުވެސް މޮޅެއް ހޯދަން އަހަރުމެން މެޗުތަކަށް ނިކުންނާތީ އުފާކުރަން،" ސިލްވާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީގެ އާލިން ހާލަންޑްގެ ގޯލުން ލީޑުނަގާފައިވަނިކޮށް، އާސެނަލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެވެ. ރިކާޑޯ ކަލަފިއޯރީގެ ގޯލުން އާސެނަލުން އެއްވަރުކުރިއިރު، ގަބްރިއެލް މަގާޅައެސްގެ ގޯލުން ލީޑުނެގި އެވެ. ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން އެޓީމުން މެޗުގެ ދެވަނަ ހާފް ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

ސިޓީން ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭގަ އެވެ. މި ގޯލު އާސެނަލްގެ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޖޯން ސްޓޯންސް އެވެ