ދީނީ އަދި އިޖުތިމާޢީ ދާއިރާތަކުން ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން، އިސްލާމިކް މިނިސްޓްރީއާ އެކީ ތިން ޖަމިއްޔާއެކުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ދާދި ފަހުން ބޭއްވި ޖަމްޢިއްޔާތަކުގެ މަހާސިންތާއަށް ފަހު މިނިސްޓްރީއާ އެކީ އެއްބަސްވުންތަކެއް ހެދި ތިން ޖަމިއްޔާ އަކީ ދ. ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި ލ. ފޮނަދޫ އިލޫމިނޭޓް ލާމް މޫވްމެންޓާއި ރ. މީދޫ އުންމީދު ޖަމްޢިއްޔާ އެވެ.
އެގޮތުން މިނިސްޓްރީ އާއި މި ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް އޮތް ތަނޔގައި ކަންތައްތަކެއް ކުރާނެ އެވެ.