ސްކޫލުތަކުގައި ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން، ޕްރޮގްރާމްތަކެއް ހިންގައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ ޔުނިސެފްގެ ޕްރޮޖެކްޓުގެ ދަށުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޕްރޮޕޯސަލް ހުށަހެޅޭނީ ރަޖިސްޓްރީވާ ފަރާތްތަކަށެވެ، ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 27 އާ ހަމައަށް އޮންނާނެ އެވެ. ރަޖިސްޓްރީ ވާނީ މި ލިންކް forms.moe.gov.mv މެދުވެރިކޮށެވެ.
ސްކޫލްތަކުގައި ނަފުސާނީ ދުޅަހެޔޮކަމާ ޕްރޮގްރާމްތަކެއް ހިންގަން ބަޔަކު ހޯދަން އިއުލާންކުރި އިރު، ސްކޫލްތަކުގައި ދަރިވަރުންނަށް ބުލީ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.