އެސްޓީއޯ އިން އައްޑު އަށް ގެނައި ގިނަ އަދަދެއްގެ ފުށްބަސްތާތަކެއް އުކާލައިފި އެވެ.
ގިނަ އަދަދެއްގެ ފުށްބަސްތާތަކެއް އުކައިލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް މީހަކު ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ. އޭގައި އޭނަ ބުނީ އެ ފުށް އުކައިލުމުގެ ބަދަލުގައި ބޮޑަށް ހަލާކުވުމުގެ ހެޔޮ އަގެއްގައި ވިއްކާލި ނަމަވެސް މާ ރަނގަޅުވީސް ކަމަށެވެ.
އުކައިލި ފުށާ ބެހޭ ގޮތުން އެސްޓީއޯ އިން ބުނީ އެ ފުށަކީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުން ނައްތާލި ފުށްބަސްތާތަކެއް ކަމަށެވެ.
އެ ކުންފުނީގެ ކޯޕަރޭޓް ބްރޭންޑިން އޮފިސާ ޔޫސުފް ޝާހު ވިދާޅުވީ ވީޑިއޯ އިން ފެންނަނީ އެކި ފަހަރު މަތިން މުޅި ދެކުނުގެ އަތޮޅުތަކަށް ފޮނުވި ފުށް ކަމަށެވެ. އަދ ނައްތައިލި ފުށުގެ ތެރޭގައި ހިމެނެނެނީ ހަމައެކަނި ތުރުކީ ބެޗުގެ ފުށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އެސްޓީއޯ އިން ބުނީ އެ ފުށް ނައްތައުލީ ބޭނުންކުރެވޭ ވަރަށް ވުރެ ހަލާކުވެފައި ހުރުމުން، އެފަދަ ފުށް ކުރިން ވެސް ނައްތައިލަމުން އަންނަ އުސޫލާ އެެއްގޮތަށް ކަމަށެވެ.