Last Updated: September 29, 06:02
Sunday, September 29, 2024
ޚަބަރު

ހދ. އަތޮޅުގެ ދަނޑުވެރިންނަށް ތަމްރީނު ޕްރޮގްރާމެއް

ހދ. އަތޮޅުގެ ދަނޑުވެރިންނަށް ހާއްސަކޮށްގން ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

އެގްރިކަލްޗަ މިނިސްޓްރީން އިންތިޒާމުކޮށްގެން ހަފުތާއެއްގެ މުއްދަތަށް އިއްޔެ ފެށި ތަމްރީނު ޕްރޮގްރާމްގައި ހއ. އަތޮޅުގެ އެކި ރަށްރަށުން 13 ދަނޑުވެރިޔަކު ބައިވެރިވެފައިވެ އެވެ.

ހަނިމާދޫ އެގްރިކަލްޗަ ސެންޓަރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދަނޑުވެރިކަމުގެ ހުނަރު އިތުރުކޮށް، އުފެއްދުންތެރިކަން ރަނގަޅު ކުރުމާ ގުޅޭ މައުލޫމާތު ފޯރުކޮށް ދޭނެ އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ދަނޑުވެރިންނަށް މައިގަނޑު ގޮތެއްގައި ދަސްކޮށް ދެނީ ޒަމާނީ ދަނޑުވެރިކަމުގެ އާ ޓެކްނިކްތަކާއި، ގަސްކާނާ ބޭނުންކުރުމުގެ ހަރުދަނާ ގޮތްތަކާއި، ބަލިތަކުން ގަސް ސަލާމަތްކުރުމުގެ ގޮތްތަކެވެ.