ގދ. ކަނޑެވާރެހަ ޓޫރިޒަމަށް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފި އެވެ.
ހޯނޑެއްދޫ ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 17 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ބާއްވާ ޕްރީ-ބިޑް މީޓިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށެވެ. އެހެންވެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އަށް ނަމާއި އީމެއިލް އެޑްރެސް އަދި ފޯނު ނަމްބަރާ އެކު މި މެއިލަށް info@hoandedhdhoo.gov.mv މެއިލް ކުރަން ޖެހެ އެވެ.
ކަނޑެވާރެހާ އަކީ ހޯނޑެއްދޫ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ރަށެކެވެ
ދެހާސް ސަތާރައިގައި ބީލަމުގެ އުސޫލުން ގދ. އަތޮޅުގެ 27 ފަޅު ރަށެއް ވަރުވާ ދޫކުރަން ހުޅުވާލި އިރު ކަނޑެވާރެހާ ވެސް އޭގެ ތެރޭގައި ހިމެނުނެވެ. އޭގެ ފަހުން 2021 ގައި ޓޫރިޒަމަށް ހުޅުވައިލި 16 ރަށުގެ ތެރޭގައި ވެސް އެ ރަށް ހިމެނެ އެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް ކަނޑެވާހެރަ ޓޫރިޒަމަށް ތަރައްހީ ކުރަން ހުޅުވާލި އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުން އެ ރަށް ޓޫރިޒަމަށް ފަހިކޮށް ދެއްވާނެ ކަމަށެވެ.