ޒުވާނުންގެ އިނާމަށް ނަން ހުށަހަޅަން ދިން ސުންގަޑި މިއަދު ހަމަވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
އެކަމަޑށް ދިން ސުންގަޑި ހަމަވާނީ މެންދުރު ފަހު 2:00 އަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް https://docs.google.com/forms/d/e/1FAIpQLSdEa87KgW_jL36xXq_ys2_M73fMcXplnmHTFDjbVnjyzVXRww/viewform ނުވަތަ މިނިސްޓްރީއަށެވެ.
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވާން ގާތްވަމުން އަންނަ އިރު، މި އަހަރު 17 ދާއިރާއަކުން އިނާމު ދޭނެ އެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
· ވިޔަފާރި އާއި އިގުތިސާދު
· އާޓްސް އެންޑް ކަލްޗާ؛ ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
· މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
· ދަރުމަވެރިކަން
· ވޮކޭޝަނަލް ޓްރެއިނިން؛ ދަސްކޮށްދިނުން
· ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
· ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
· މަސްވެރިކަމުގެ ދާއިރާ
· ދަނޑުވެރިކަމުގެ ދާއިރާ
· މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
· ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
· ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
· ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
· ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
· ކުޅިވަރުގެ ދާއިރާއިން- ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
· ފަންނިއްޔާތުގެ ދާއިރާ
· ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ގައުމީ އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.