Last Updated: November 24, 10:30
Sunday, November 24, 2024
ޚަބަރު

އިންޓަޕޯލް ޓްރެއިނިންއެއްގައި ދިވެހި ފުލުހަކު ކިޔަވައި ދީފި

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އިންޓަޕޯލް އީ-އެވިޑެންސް ފަސްޓް ރެސްޕޮންޑާސް ޓްރެއިނިން ޕްރޮގްރާމްގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައި ދީފި އެވެ.

އެ ޓްރެއިނިންގައި ކިޔަވައި ދެއްވީ އެންޓި-ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ނަވީދެވެ.

އޭނަ ދެ މޮޑިއުލްއެއް ކިޔަވައި ދެއްވިއެވެ. އެއީ "ކަލެކްޓިން އިލެކްޓްރޯނިކް އެވިޑެންސް" އާއި "އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން" މޮޑިއުލްއެވެ.

މި މަހުގެ 23 މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އިންޓަޕޯލް އީ-އެވިޑެންސް ފަސްޓް ރެސްޕޮންޑާސް ޓްރެއިނިންގައި، ސައިބަ ކްރައިމްގެ މައްސަލަތައް ބަލާ ޕްރޮސެކިއުޓަރުންނާއި ނެޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ މެމްބަރުންގެ އިތުރުން ފިލިޕީންސްގެ ފުލުހުން ވެސް ބައިވެރިވެ އެވެ.

ފިލިޕީންސް ފުލުހުންގެ ތެރޭގައި، އެ ގައުމުގެ ރީޖަނަލް ސައިބަ ކްރައިމް ޔުނިޓާއި، ވިމެން އެންޑް ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބަ ކްރައިމްގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުން ބައިވެރިވެ އެވެ.