އައްޑޫ ހިތަދޫން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ އެ އަވަށު ބީޗްރެސްޓް ނާއިލާ ހަސަންދީދީ އެވެ.
އޭނަގެ އާއިލާގެ ފަރާތުން ބުނެފައި ވަނީ މިއަދު ހެނދުނު 9:00 ގެ ފަހުން އޭނަގެ އެއްވެސް ޚަބަރެއް ނުވާ ކަމަށެވެ. އަދި ފޯނު ވެސް އޮންނަނީ ނިއްވާލާފައި ކަމަށެވެ.
އެހެންވެ ނާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ 6885454 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.
މި މަހުގެ 21 ވަނަ ދުވަހު މަރަދޫން ވެސް މީހަކު ގެއްލިގެން ހޯދި އެވެ. އެ ދުވަހު ގެއްލިގެން ހޯދީ އެ އަވަށު ދުންފިނިގޭ އަހުމަދު ހާރޫނެވެ. ނަމަވެސް ހަމަ އެ ދުވަހު އޭނަ ދިރިއުޅޭ ގެއިން ހާރޫން ފެނިފައިވެ އެވެ.
އިއްޔެ ހުޅުމާލެ އިން ވެސް ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މާލެ އިން ފެނިފައިވެ އެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް ވާނުވާ ނޭނގި މީސްމީހުން ގެއްލޭ މައްސަލަ ވަރަށް ބޮޑަށްް އާންމުވެފައިވެ އެވެ.