މީގެ 17 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ" ގައި ބަތަލާ ވިދިއާ ބަލަން ކުޅުނު ޖިންނި އަވަލި ކެރެކްޓާ، މަންޖްލިކާ އަނެއްކާ ވެސް އެނބުރި އަންނަނީ އެވެ.
މި ފަހަރު "ބޫލް ބުލައްޔާ 3" އިންނެވެ. ނޮވެމްބަރު 1 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުގެ ޓީޒާ މި ވަނީ އިއްޔެ ދައްކާލައިފަ އެވެ. މި ޓީޒާގެ ހައައިލަޓަކީ ވެސް ވިދިއާ މަންޖްލިކާގެ ގޮތުގައި ބެލުންތެރިން ބިރުގަންނުވާލަންް ތައްޔާރުވެފައިވާކަމެވެ.
މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 3" އަކީ 2022 ގައި ކާތިކް އާރިއަނާ އެކީ ޑައިރެކްޓަރު އަނީސް ބަޒްމީ ގެނެސްދިން "ބޫލް ބުލައްޔާ 2" ގެ ފޮލޯއަޕެކެވެ. އަދި އާ ފިލްމުގެ އެންމެ ހާއްސަ ކަމަކަށް ވާނީ މަންޖްލިކާ އާއި ކާތިކް ކުޅޭ ރޫހު ބާބާގެ ކެރެކްޓާގެ ކުރިމަތިލުންތަކެވެ.
ޔަގީނުން ވެސް މި ފިލްމަކީ ބެލުންތެރިން ބިރުގަންނުވައިލުމުގެ އިތުރަށް ހެއްވައި ވެސް ލާނެ ފިލްމެކެވެ.
މި ފަހަރު ކާތިކާ އެކީ ބަތަލާގެ ރޯލުން ފެންނާނ ޓްރިޕްތީ ދިމްރީ އެވެ. "ބޫލް ބުލައްޔާ 3" އަށް ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ސަބަބަކީ މި ޖޯޑުގެ ކެމިސްޓްރީ އަލަށް ސްކްރީނުން ބަލައިލަން ބޭނުންވުމެވެ.
"ބޫލް ބުލައްޔާ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އަދި އޭގެ ވަރުގަދަ ރޯލުތަކެއް ޑަބަލް ރޯލްތަކަކުން ތައްބޫ ފެނިފައިވެ އެވެ. ނަމަވެސް "ބޫލް ބުލައްޔާ 2" އިން އެ ތަރިންނެއް ނުފެންނާނެ އެވެ.