Last Updated: November 26, 06:34
Tuesday, November 26, 2024
މުނިފޫހިފިލުވުން

އައިފާ 2024: ވިދާލީ ޝާހްރުކާއި ރާނީ

ރޭ ބޭއްވި މި އަހަރުގެ އައިފާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ޝާހްރުކް ޚާނަށް އަދި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާނީ މުކަރްޖީ އަށް ލިބިއްޖެ އެވެ.

ދުބާއީގައި ބޭއްވި ކުލަގަދަ އެވޯޑް ހަފުލާގައި ޝާހްރުކަށް އެވޯޑް ލިބުނީ މިދިޔަ އަހަރު ރިލީޒްވި އޭނަގެ ތިން ފިލްމުގެ ތެރެއިން "ޖަވާން" ދެއްކި އެކްޓިންއިންނެވެ.

މިދިޔަ އަހަރު ރިލީޒްވި ޝާހްރުކްގެ އަނެއް ދެ ފިލްމަކީ "ޕަތާން" އާއި "ޑަންކީ" އެވެ. އަދި އޭނަގެ ތިން ފިލްމަކީ ވެސް މިދިޔަ އަހަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެކެވެ.

ރާނީ އަށް އެވޯޑް ލިބުނީ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގައި ކުޅުނު ރޯލުންނެވެ.

އައިފާ 2024 ގެ އުސްއަލިތައް:

* އެންމެ މޮޅު ފިލްމު: އެނިމަލް
* އެންމެ މޮޅު ޑައިރެކްޓަރު: ވިދޫ ވިނޯދް ޗޯޕްޅާ (ޓުވެލްތު ފެއިލް)
* އެންމެ މޮޅު ސްކްރީންޕްލޭ: (ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ)
* އެންމެ މޮޅު ސަޕޯޓިން ބަތަލު: އަނިލް ކަޕޫރް (އެނިމަލް)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ؛ ޝަބާނާ އަޒްމީ (ރޮކީ އޯރް ރާނީ)
* އެންމެ މޮޅު ނެގަޓިވް ރޯލު: ބޮބީ ޑިއޯލް (އެނިމަލް)
* އެންމެ މޮޅު މިއުޒިކް: އެނިމަލް
* އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: ބުޕިންދަރު ބައްބަލް (އަރުޖަން ވައިލީ/އެނިމަލް)
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝިލްޕާ ރާއޯ (ޗަލެޔާ/ޖަވާން)
* އެންމެ މޮޅު ޅެން: ސިދާތު/ގަރީމާ (ސަތުރަންގާ/އެނިމަލް)
* އަލަށް ތައާރަފުވި އެންމެ މޮޅު އާ ފަންނާނު: އަލިޒޭ އަގްނިހޯތުރީ (ފަރޭ)
* އައުޓްސްޓޭންޑިން އެޗީވްމަންޓް އިން އިންޑިއަން ސިނެމާ: ހެމާ މާލިނީ