އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ފެނުގެ ހިދުމަތް ދޭން ފެން އުފައްދާ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މައްސަލަ ހައްލުކޮށް ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް، އޮޕަރޭޝަނަށް ގެނެވިފައިވާތީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކާ ޙިއްޞާކުރަން. މައްސަލަ ޙައްލު ކުރުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި… pic.twitter.com/0SzvQ0uLaB
— Fenaka Corporation Ltd (@TeamFenaka) September 30, 2024
ފެނަަކަ އިން ވަނީ އެ މައްސަލަ ޙައްލު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން މިހާރު މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިޔުއެސްސީން ދިން އަވަސް އެހީތެރިކަން ފާހަގަކޮށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މި އަހަރުގެ އެޕްރީލް 13 ގަ އެވެ. އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއުގެ އަގަކީ 282.6 މިލިއަން ރުފިޔާ އެވެ.
އެ މަސައްކަތް ފެން ކުންފުނިން އަންނަނީ ކުރަމުންނެވެ.