ރ. އަނގޮޅިތީމުުގެ ޖަމިއްޔާއަކުން އެ ރަށުގެ ކޮންމެ ގޭބިސީއަކަށް ޑަސްބިނެއް ހަދިޔާކޮށްފި އެވެ.
ޑަސްބިން ހަދިޔާކުރީ ކަޒިން ޔުނިޓީ ޓްވާޑްސް އެންޕަވާ (ކިއުޓް) ޖަމިއްޔާއިންނެވެ. މިއީ އަނގޮޅިތީމުގެ އާއިލާއަަކަށް ނިސްބަތްވާ ޖަމިއްޔާއެކެވެ.
ކިޔުޓް ޖަމިއްޔާ އިން ބުނީ ގޭބިސީތަކަށް ޑަސްބިން ހަދިޔާކުރީ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ 80 އެއްހާ ގެއަކަށް ޑަސްބިން ހަދިޔާކޮށްފައިވެ އެވެ. މިއީ ޖަމިއްޔާ އިން ހެއޮއެދޭ ފަރާތްތަކާ ގުޅިގެން ހިންގި އިޖުތިމާއީ ހަރަކާތެކެވެ.
ކިއުޓް ޖަމިއްޔާ އިން މީގެ ކުރިން ވެސް އިޖުތިމާއީ ޒިންމާގެ ދަށުން ތަފާތު ހަރަކާތްތައް ރަށުގައި ހިންގާފައިވެ އެވެ. އެގޮތުން އަނގޮޅިތީމު މިސްކިތް އޭސީ ކުރުމާއި ހެލްތު ސެންޓަރަށް ބޭނުންވާ ބައެއް އާލާތަށް ހަދިޔާ ކުރުމުގެ އިތުރަށް ރަށު ސްކޫލްގައި އޯޕަން ލައިބްރަރީއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެހީތެރިކަމާ އެކު ހުޅުން ހިމެނެ އެވެ.