ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިންޑިއާ ސަފީރު މުނޫ މަހާވަރާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއީ އިއްޔެ ފޮރިން މިނިސްޓަރު ކަމަށް ހަލީލު އައްޔަން ކުރެއްވުމާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. ހަލީލު މީގެކުރިން ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގަ އެވެ. ފޮރިން މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު މިހާރު ވަނީ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފަ އެވެ.
މި ބައްދަލުވުމަށްފަހު ހަލީލު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އަދި އާ ދާއިރާތަކުން ދެ ގައުމު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަަމަށެވެ.
It was a pleasure to meet with High Commissioner of #India to the Maldives, @AmbMunu today.
As this was my first meeting with the High Commissioner in my new role, we reflected on the close, neighbourly relations between the 🇲🇻- 🇮🇳. Our discussions also focused on ongoing… pic.twitter.com/WnZfdce2wI
— Abdulla Khaleel (@abkhaleel) October 1, 2024
މިނިސްޓަރު ހަލީލު އިންޑިއާ ސަފީރާ ބައްދަލުކުރެއްވިއިރު، މި މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.