މީހުން ބިނާކުރުމަށްޓަކައި ބިޒްނަސް ސެންޓަ ކޯޕަރޭޝަން ބީސީސީ) އާއި ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ ސައިރިކްސް ކޮލެޖާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި މިއަދު ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމެވެ. ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޗެއާމަން އަހުމަދު ޝަރީފެވެ.
ދެ ފަރާތުން ހެދި މި އެއްބަސްވުމުގެ ދަށުން ސައިރިކްސް ކޮލެޖުގައި އެކި ދާއިރާތަކުން މަތީތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަޠު ބީސީސިން ފަހިކޮށްދޭނެ އެވެ. އަދި ބީސީސީގެ މުވައްޒަފުންނަށް އެކި ދާއިރާތަކުން ތަފާތު ފަންނީ މަޢުލޫމާތު ލިބެނިވި ތަމްރީން ޕްރޮގްރާމްތައް ސައިރިކްސް ކޮލެޖުގައި ހިންގައި ދޭނެ އެވެ.
މީގެ އިތުރުން ބީސީސީއަށާއި ސައިރިކްސް ކޮލެޖަށް ބޭނުންވާ ދިރާސީ މަސައްކަތްތައް ދެ ފަރާތް ގުޅިގެން ކުރުމާއި ދެ ފަރާތުގެ ފަންނީ ޤާބިލުކަން ޙިއްޞާކޮށް ފެންވަރު މަތިކުރުމުގައި އެހީތެރިކަން ވެސް އެއްބަސްވުމުގެ ދަށުން ފޯރުކޮށް ދޭނެ އެވެ.
ބީސީސީ އަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްކުރާ ކުންފުންޏެވެ.