އިނގިރޭސިވިލާތުން ހޯމްލޭންޑް މިނިސްޓްރީ ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފި އެވެ.
މިއީ އިނގިރޭސި ހައި ކޮމިޝަނުން އަލީނިއާ އިންޓަނޭޝަނަލްއާ ގުޅިގެން ފޯރުކޮށް ދިން އެހީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޓޫލްކިޓަކީ ކްރައިސިސްތައް ފައިދާ ހުރި ގޮތެއްގައި މެނޭޖްކުރުމުގެ ގާބިލްކަން މިނިސްޓްރީގެ ކިބައިގައި އިތުރުކޮށް، ސާފު މުއާސަލާތު ކަށަވަރުކޮށްދީ، ކުއްލި ހާލަތްތަކުގައި އިޖާބަ ދިނުމުގެ ސްޓްރެޓެޖީތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ޓޫލްކިޓެކެވެ.
މި ކިޓަކީ ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ތަމްރީން ބައްދަލުވުންތަކެއްގައި ބައިވެރިންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
މިނިސްޓްރީން މި ޓޫލްކިޓަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ހުރިހާ މުއައްސަސާތަކަށް ބޭނުން ކުރެވޭ ގޮތަށް ކަސްޓަމައިޒްކޮށްފައިވާ އެއްޗެއް ކަމަށެވެ.