Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

މާލޭގެ 'ރަނި އެވޯޑް' އަށް ހުޅުވާލައިފި

މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ "ރަނި އެވޯޑް" އަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ބުނީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް އޮންނާނެ ކަމަށެވެ. މިކަމަށް އެދޭ ފޯމް ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

'ރަނި އެވޯޑް' އަކީ މާލޭގެ ހަ އަވަށަށް އަމާޒުކޮށް 18 ދާއިރާގައި ތިބި އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ ކަނބަލުންނަށް ހާއްސަކޮށްގެން ދޭން އެވޯޑެކެވެ. އެ އެވޯޑް ތައާރަފުކުރީ މިދިޔަ އަހަރު އެވެ.

"ރަނި އެވޯޑް" ދެނީ މައިގަނޑު ފަސް ދާއިރާއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިޖުތިމާއީ ދާއިރާ، އިގުތިސާދީ ދާއިރާ، ތައުލީމީ ދާއިރާ، އިންސާނީ ހައްގުގެ ދާއިރާ އަދި ސިއްހީ ދާއިރާ އެވެ.

މި އެވޯޑަށް ކުރިމަތިލެވޭނީ "ރެހެންދި އެވޯޑް" އާއި ދައުލަތުން ދޭ އިއްޒަތުގެ ލަގަބު ނުވަތަ ޝަރަފުގެ ގައުމީ އިނާމު ލިބިފައި ނުވާ އަންހެނުންނަށެވެ.