ލ. ގަމުގައި ދަރިވަރަކު ބަރަހަނާކޮށް ވީޑިއޯއާއެކު އެހެން ކުއްޖަކު ބްލެކްމެއިލް ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ރޭ ސޯޝަލް މީޑިއާގެ މެދުވެރިކޮށް ފެންމަތިވި މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ ހާދިސާއާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފޭސްބުކްގައި ރޭ ދައުރުވަމުންދާ މެސެޖެއްގައި ބުނީ ހަމަދް ބިން ހަލީފާ އަލް ޘާނީގައި ކިޔަވަމުންދާ ދަރިވަރަކު ދިރިއުޅޭ ގެއަށް އެހެން ދަރިވަރަކު ވަދެ އެ ކުއްޖާ ރަހީނުކޮށްގެން އެހެން ތަނަކަށް ގެންގޮސް ބަރަހަނާކޮށްފައ، ފައިސާ އަތުލަން ބިރުދައްލައި ބްލެކްމެއިލްކޮށްފައިވާ ކަމަށެވެ.
ރަހީނުކުރި ދަރިވަރަކީ އެ ސްކޫލު ޓީޗަރެއްގެ ދަރިފުޅު ކަމަށް ވެސް ބުނެފައިވެ އެވެ.