ރާއްޖެ އަންނަ އަންނަ ކޮންމެ ޓުއަރިސްޓަކަށް ބަލައިގެން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުން ގެސްޓްހައުސް އާއި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އިއްޔެ ގެނައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ބޮލަކަށް ވަކި މިންވަރަކަށް ޑޮލަރު ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން ވަކި ޕަސެންޓޭޖެއް ނެގުން ކަމަށެވެ. ފައްޔާޒް ވިދާޚުވީޫ މިހާރު ފޯމިއުލާ އޮތް ގޮތުން ގެސްޓްހައުސްތަކާއި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށެވެ.
"ސަރުކާރުން މި ނިންމުން މުރާޖާކޮށް، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރުގެ ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި، ބޭރުގެ އާމްދަނީ ނިސްބަތުން ނަގާ ގޮތަށް ބަދަލު ގެންނަން ޖެހޭ." އޭނަ ވިދާޅުވި އެވެ.
އިއްޔެ ގެނައި ބަދަލުގެ ސަބަބުން، ޑޮލަރު މާރު ކުރަން ޖެހޭނީ ޓޫރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. އެގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ޖެހެ އެވެ.
The recent changes mandated by the government, requiring all tourism revenues to be deposited in the Maldives and imposing a mandatory surrender of USD for each tourist, represent the most consequential decision taken by the current administration to address the foreign currency…
— Fayyaz Ismail (@faya_i) October 2, 2024
ފައްޔާޒު ވިދާޅުވީ އެ ބޭފުޅުންގެ ސަރުކާރުގައި 2022 ގައި ކެބިނެޓުން ފާސްކުރީ ލިބޭ އާމްދަނީގެ ޕަސަންޓެއް ދޫކޮށްލަން ޖެހޭ ގޮތަށް ކަމަށާއި، ބޭރު ފައިސާ ހޯދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވަކި ބޭނުންތައް ފުއްދައިދޭނެ ކަމުގެ ވަކި ގެރެންޓީތަކެއް ދީފައިވާ ކަމަށެވެ. ފައްޔާޒް ވިދާޅުވި އެވެ.
ނަމަވެސް ހިތާމަ އަކީ އެ ނިންމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން ތަންފީޒު ނުކުރެވުނީ ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމާއި ކޮވިޑް-19 އިން އަރައިގަތުން ފަދަ ތަފާތު ސަބަބުތަކާ ހެދި ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެމްއެމްއޭއިން ކަނޑައެޅި ގަވާއިދުގެ ދަށުން ޓޫރިސްޓުންގެ އަތުން ގިނައިން ފައިސާ ލިބެމުން އަންނަ ގެސްޓްހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތައް ހަލާކުވެ، ގެސްޓްހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން ލިވްއަބޯޑް އިންޑަސްޓްރީއަށާއި މެދު ފަންތީގެ ރިސޯޓްތަކަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެ، ކުދި އަދި މެދުރާސްތާގެ ތަންތަނުގެ ދެމިއޮތުމަށާއި، މުސްތަގްބަލުގައި ބޭރުގެ އިންވެސްޓްމަންޓްތައް އައުމަށް ބުރޫއަރާފާނެތީ، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށުމަށް ގޮވާލެއްވި އެވެ.
"ހަމައެކަނި މި ފިޔަވަޅުގެ ސަބަބުން ޑޮލަރުގެ ބާޒާރުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެ. ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް، މަނިޓަރީ ޕޮލިސީ އެއްގޮތްކޮށް، ފައިސާ ބަދަލުކުރާ މުއައްސަސާތައް މޮނިޓާ ކުރުން ހަރުދަނާ ކުރުމުގެ އިތުރުން، އެހެނިހެން ފިޔަވަޅުތައް އަޅައި، މެކްރޯ އިކޮނޮމިކް ބެލެންސް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ." ފައްޔާޒް ވިދާޅުވި އެވެ.