Last Updated: April 19, 11:54
Saturday, April 19, 2025
ޚަބަރު

ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިމިއްޖެ

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމިއްޖެ އެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ މި މަޝްރޫޢުގެ އިންސްޕެކްޓްކުރުމާއި ކޮމިޝަންކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގައި އެ މިނިސްޓްރީގެ ޓީމަކާއި އެބްޑަބްލިއުއެސްސީގެ ޓީމަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރިއިރު، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓާފައިވެ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމުކޮށްފައިވެ އެވެ. އަދި 1.12 ކިލޯ މީޓަރގެ ޕަންޕިން ލައިން އަޅާފައިވާއިރު ތިން ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކޮށްފައިވެ އެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 69.14 މިލިއަން ރުފިޔާ އެވެ.