Last Updated: November 24, 11:53
Sunday, November 24, 2024
ޚަބަރު

މަކަރާއި ހީލަތް ހެދި މީހަކު ހޯދަނީ

މަކަރާއު ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ މާލެ، މ. ތަރިވިލާގޭ ޙުސައިން އަހުމަދު، 41، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ލ. އަތޮޅު ޕޮލިހުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މާލޭގެ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހުސައިން ހާޒިރުވާން އަންގާފައިވެ އެވެ.

މި ފަހަކަށް އައިސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހޯދާ މީހުންގެ އަދަދު ވަރަށް ގިނަ އެވެ.