ފުވައްމުލަކު ގައި މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާ ކުރެވުނީ އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީއު މާލެ ވަޑައިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ އެކީ ބޭއްވެވި ބައްދަވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި، ފުވައްމުލަކު ސަރަޙައްދުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް، ފުވައްމުލަކުގައި ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ފުވައްމުލަކުގައި ސްޕޯޓްސް ފިޝިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮ ށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.