އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްގަނޑެއް ހަދައި ދޭނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލު ކުރަމަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީގެ އިއުލާނާ ގުޅިގެން އެ ވާހަކަ އިއްޔެ މިޑިއާތަކުގައި ރިޕޯޓްކުރުމާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން މި ބާވަތުގެ ކަންކަން ކުރުމަކީ މި ވަގުތު އެންމެ މުނާސަބު ކަމެއް ނޫން ކަމަށެވެ. އެހެންވެ މަނަސްފަންގަނޑުގެ މަސައްކަތްކޮށް ކޮށް ދޭނެ ބަޔަކު ހޯދަން އިއްޔެ ކުރި އިއުލާން ބާތިލު ކުރަން އަންގާފައިވާ ކަމަށް ޝަހީމު ވިދާޅުވި އެެވެ.
އޭނަ ވިދާޅުވީ އިސްލާމީ މަރުކަޒު ބިނާކުރީއްސުރެ މުންނާރު ވަޑައިގެން ފެންގަނޑެއް އޮންނަ ކަމަށެވެ. އަދި އެތަން މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އިސްލާމިކް މިނިސޓްރީން ކުރި އިއުލާންގައިވާ ގޮތުން މުންނާރު ކައިރީގައި މަސްފެންގަނޑެއް ހަދަން ނިންމީ އެ މިސްކިތަށް މި އަހަރު 40 އަހަރު ފުރޭތީ އެ މުނާސަބާ ގުޅުވައިގެންނެވެ.
ނަމަވެސް ފާހަގަލޮށްލަން ޖެހޭ ކަމަކީ މިއީ އިސްލާމީ މަރުކަޒުގެ މުންނާރު ވަދައިގެން މަަސްފެންގަނދެއް ހަދަން އިއުލާންކުރި ފުރަތަމަ ފަހަރު ނޫން ކަމެވެ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް މުންނާރު ވަށައިގެން މަސްފެންގަނޑެއް ހަދައި އެތަން އެތަން ދިއްލާނެ ބަހަކު ހޯދަން އިއުލާންކުރި އެވެ.