ރާއްޖެއިން ސައުދީ އަރަބިއްޔާއަށް މަސް ބޭރު ކުރަން މަގުފަހިވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވި އެކަމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރަން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން މަސް ބޭރު ކުރުމަށް އޮތް ފުރުސަތުތައް ހޯދައި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ގޮތްތައް ހޯދޭނެ ކަމަށެވެ. އަދި އޭގެ ދަށުން މެރިން ސެކްޓާ އަށް އިންވެސްޓްމަންޓްތައް ހޯދުމުގެ އިތުރުން ސީފުޑް މާކެޓް ކުރި އެރުވުން ވެސް ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިފަދަ އެމްއޯޔޫއެއްގައި ސޮއިކުރަން ސައުދީން ނިންމުމާ ގުޅިގެން ޝިޔާމް ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.