ބައި ގަރުނަށް ވުރެ ގިނަ ދުވަސް ފަހުން ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން މޮރިޝަސް އަށް ދޭން މިއަދު އެއްބަސްވެއްޖެ އެވެ.
މިކަން އިއުލާންކުރީ ދެ ގައުމޔގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލަން އިނގިރޭސީން މި ނިންމީ މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާތާ ޒަމާންތަކެއް ފަހުންނެވެ.
އެހެމްވެ މިއަދު ނިންމި ނިންމުމާ ގުޅިގެން މިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަޝްސް މުއާހަދާއެއްގައި ސޮއިކުރާނެ އެވެ. މިއާ އެކީ އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް އޮތް ޑިއެގޯ ގާސިއާގެ ކޮންޓްރޯލް ނުގެއްލޭ ގޮތަށް ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއާ ހަވާލު ކުރެވޭނެ އެވެ.
އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާ މޮރިޝަސްއަށް ދޭން މިއަދު އެއްބަސްވި އިރު، އދ. އިން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އެކަން އެގޮތަށް ކުރުމަށް އެދިފައިވެ އެވެ. އަދި އެ ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބުނެ އެ ގައުމުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) މީގެ އެތައް ދަހަރެއް ކުރިން ހުށަހެޅި މައްސަލައެއްގެ ހުކުމުން ޗާގޮސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް އޮތީ ދީފަ އެވެ. ނަ
ނަމަވެސް އިނގިރޭސިން މިހާތަނަށް އެ ނިންމުން ބަލައިގެންފައެއް ނުވެ އެވެ.