ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ސިސްޓަމްގެ ތެރެއިން ކުރާ ކޮންމެ ވާކް ޕާމިޓް ރިކުއެސްޓަކަށް 1،000ރ. ގެ ފީއެއް ނަގަން ހޯމް މިނިސްޓަރީން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ވަޒީފާދޭ ފަރާތުގެ އިހުމާލުން ވާކް ޕާމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ 2،000ރ. އަދަދަކުން ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ވާކް ޕާމިޓް މިސިން ވިތުޑްރޯވަލް ސާވިސް ފީއަށް 10،000ރ. ނަގާނެ އެވެ.
އެކްސްޕެޓް ސިސްޓަމުގައި މިސިން ރިޕޯޓު ކޮށްފައިވާ ބިދޭސީއެއްގެ މިސިން ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާ ނަމަ އަންނަ އާދީއްތަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މިސިން ރިކުއެސްޓް އަނބުރާ ގެންދަންވާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.
އަދު މުއްދަތުގެ ފަހުން މިސިން ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފި ނަމަ، މިސިން ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާގެ ސާވިސް ފީއެއް ނަގާނެ އެވެ.