Last Updated: November 25, 12:45
Monday, November 25, 2024
ޚަބަރު

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އަށް ސައުދީން އެހީ ވަނީ

ރާއްޖޭގެ ކުޅިވަރު ދާއިރާ ހަރުދަނާ ކުރުމަށް ސައުދީ އަރަބިއްޔާއާ އެކު، ރާއްޖޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސައުދީގެ ވެރިރަށް ރިޔާދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު އެވެ. އަދި ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ، އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އެކި ކުޅިވަރު ކުލަބުތަކުގެ މެދުގައި ސީދާ މުއާމަލާތުކުރުމަށް އެހީތެރިވުމާއި، ސްޕޯޓްސް މެޑިސިން އާއި، އެންޓި-ޑޯޕިން އަދި މުބާރާތްތައް އިންތިޒާމުކުރުމާއި، ކުޅިވަރު އިވެންޓުތައް ބޭއްވުމާއި އަދި ކުޅިވަރު އިންވެސްޓްމަންޓް ފަދަ އެކި ދާއިރާތަކުން އެއްބާރުލުން ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް ކޯޗުން ތަމްރީން ކުރުމުގެ އިތުރުން ލައިބްރަރީ ރިސޯސަސް ހަރުދަނާކުރުމާއި ދެ ފަރާތުގެ ކުޅިވަރު ތަޖުރިބާތަކުގެ މައުލޫމާތު ބަދަލުކުރުން ވެސް ހިމެނެ އެވެ.