Last Updated: October 5, 06:03
Saturday, October 5, 2024
ޚަބަރު

ޝާހިދު، އދ.ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމަށް ފަހު ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އ.ދ އަށް ޒިޔާރަތް ކުރުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށާއި ސެކެޓްރީ ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުމުގައި އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަން (އައިސީއޯ) އާއެކު ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އެރުވި ކަމަށެވެ.

މި ބައްދަލުވުމުގައި ޝާހިދާއެކު އ.ދ އިން ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުރީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަގާމު ވެސް މީގެކުރިން ފުރުއްވާފަ އެވެ.