Last Updated: October 5, 06:03
Saturday, October 5, 2024
ޚަބަރު

އާޓު ގެލެރީގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި

މާލޭގައި ހުންނަ ނޭޝަނަލް އާޓު ގެލެރީގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި އެވެ.

މޯލްޑިވިއަން އާޓްސް ކޮމިއުނިޓީގެ ޗެއާޕާސަން އަހުމަދު އަޒްމީ ހަލީމް (ބާޗީ) ވިދާޅުވީ ތަކުރާރުކޮށް އާޓް ގެލެރީގެ ކަރަންޓް ކޭބަލްތައް ވަގަށް ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ގެލެރީގައި ކަރަންޓު ހުންނަކަން ކަށަވަރުކުރުމަކީ އާޓިސްޓުންގެ ޒިންމާއެއް ނޫން ކަމަށެވެ.

މިފަދަ ކަންކަން ހައްލުކުރަން ނޭޝަނަލް ސެންޓާ ފޯ އާޓްސް އަދި ގެލަރީގެ މެނޭޖްމަންޓުން މަސައްކަތް ކުރަންޖެހޭ ކަމަށާއި މިކަމަށް ދާއިމީ ހައްލެއް ގެނެސްދޭންޖެހޭ ކަމަށް ބާޗީ ވިދާޅުވި އެވެ.

މީގެއިތުރުން ބާޗީ ވަނީ މިއީ ފަންނުވެރިންނާއި އެގްޒިބިޝަންތަކަށް ހުރަސް އެޅުމަށް ގަސްދުގައި ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ.