ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ އިސް ދެ ބޭފުޅަކު އެހެން ދެ މިނިސްޓްރީތަކަކަށް ބަދަލުކޮށްފި އެވެ.
އެގޮތުން ސޯޝަލް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މަޝްހޫރު ޓީވީ ޕްރެޒެންޓަރު އައިމިނަތު ނަމްޒާ ވަނީ ލޯކަލް މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ. އަދި ސޯޝަލް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އާމިނަތު ހުސެއިން ޝަރީފް ބަދަލުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ.
އާމިނިތަކީ ރައްޔިތުންގެ މާފަންނު މެދު ދާއިރާއިން ވާދަކުރި އަސްމާ ރަޝީދުގެ ދަރިކަނބަލެކެވެ.