ދިވެހި މުޖުތަމަޢަކީ ޤުރްއާނާއި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ނިޔަތާއި ބަހާއި ޢަމަލުން އިސްލާމް ދީނުގައި ސާބިތުވެތިބުމަށް ވެސް ދިވެހި ރައްޔިތުންނަށް އިލްތިމާސް ވެސް ކުރައްވައިފައެވެ. ރައީސް ވިދާޅުވީ ދިވެހީން އިސްލާ މްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއް ކަމަށް ފެންނަން އޮތީ އެ ދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަން ކަމަށެވެ.
އަދި ރާއްޖެ އިސްލާމްދީ ނަށް އެނބުރިފައިވާ ދުވަސްވަރަކީ ވެސް މެދުކެނޑުމެއް ނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެ އަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުން ކަމަށެވެ. އެގޮތުން ދޮގު ހެދުމާއި ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރި ނުވާން ޢަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.