ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ޔޫޓިއުބް ޗެނެލް ހެކްކޮށްފި އެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ ވަނީ އެ ޗެނެލް ރިވަކުރަން އާންމުންގެ އެހީ ވެސް އެދިފަ އެވެ. އަލީ ރަމީޒަކީ ޔޫޓިއުބް ޗެނެލެއް ހިންގުމުގެ އުތުރުން ފޭސްބުކާއި އިންސްޓަގްރާމާއި އެކްސް ފަދަ ފްލެޓްފޯމްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ މީހެކެވެ.
އޭނަގެ ޕްލެޓްފޯމްތަކުގައި ކަންކަމާ މެދު ހިޔާލުފާޅުކޮށް އަދި އިސްލާމް ދީން ފަތުރަން ހާއްސަ ކޮންޓެންޓްތައް ވަރަށް ގިނައިން އާންމުކުރެ އެވެ.
މިއުޒިކާ ދުރުވި ފަހުން އަލީ ރަމީޒް ބޮޑަށް ހަރަކާތްތެރި ވަނީ ދީނީ ކަންކަމުގަ އެވެ. އެގޮތުން ޒުވާނުންގެ މެދުގައި އިސްލާމް ދީނަށް ހޭލުންތެރިކަން އުފައްދަން އޭނަ ހާއްސަ ސަމާލުކަމެއް ދެ އެވެ.