Last Updated: November 24, 10:30
Sunday, November 24, 2024
ޚަބަރު

"ރިވެލި" ގެ ނަމުގައި ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން "ރިވެލި 2024" ގެ ނަމުގައި ދިރާސާކުރާ ފަރާތްތަކަށް ޚާއްސަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެ ޔުނިވަސިޓީން ބުނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތަށް ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖްތަމަޢުއެއް ބިނާކުރުމަށް އަމާޒުކޮށް ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި، ދިރާސާކުރުމަށް އާންމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކާއި ގުޅޭ ގޮތުން ކޮއްފައިވާ ދިރާސާތަށް އާންމުންނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެން ދާނެ އެވެ.

މި މަހުގެ 26 ގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވެ ވަނަ ހޯދާ ފަރާތްތަކަށް 5،000ރ. ގެ އިނާމު ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި "ރިވެލި 2024"ގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ވެސް ދޭނެ އެވެ.

މީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.