Last Updated: November 24, 09:26
Sunday, November 24, 2024
ޚަބަރު

އިންޑިއާއާ އެކީ އެއްބަސްވުންތަކެއް އެކުލަވާލައިފި

އިންޑިއާއާ އެކު ރާއްޖެ އިން 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ ފައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުން ބަދަލުކުރެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.

އެގޮތުން، 'ފްރޭމްވާކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027-2024' ގެ ދަށުން އެމްއެމްއޭ އަށް 400 މިލިއަން ޑޮލަރުގެ އިތުރުން 30 ބިލިޔަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

އިންޑިއާއާ އެކު އެކުލަވާލާފައިވާ އިތުރު އެއްބަސްވުންތައް:

* ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވަސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުން
* ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު އެކުލަވާލި އެއްބަސްވުން
* ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން
* އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭޏްޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް

މި އެއްބަސްވުންތައް އެކުލަވާލުމުގެ ކުރިން ވަނީ ވިޝަން ޑޮކިއުމަންޓް ތަޢާރަފުކޮށް ހުރަވީ ޝިޕް އިފްތިތާހްކޮށްފައިވެ އެވެ. އަދިރުޕޭ ކާޑް ރާއްޖޭގައި ބޭނުންކުރުން ވެސް އިފުތިތާހުރި އެވެ.