Last Updated: December 24, 05:53
Tuesday, December 24, 2024
ޚަބަރު

މަސްފެންގަނޑު މަރާމާތުކޮޮށްދޭން ސްޓެލްކޯ ތައްޔާރު

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރަން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން ދާދިފަހުން އިއުލާނެއް ކުރި ނަމަވެސް އާންމުންގެ ފާޑުކިޔުންތަކާއެކު އެ އިއުލާން ފަހުން ވަނީ ބާތިލުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާއެކު ބޭއްވި ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ކުރަން ސްޓެލްކޯ އިން ނިންމާފައިވަނީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުންނެވެ.