Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

ހިތަދޫގެ 2 އަންހެނަކަށް ހާފިޒްކަމުގެ ސަނަދު ހާސިލްކޮށްފި

ކީރިތި ޤުރުއާން ހިތުދަސް ކުރި އައްޑޫ ސިޓީ، ހިތަދޫގެ ދެ ފަރާތަކަށް ހާފިޒް ކަމުގެ ސަނަދު ހަވާލުކޮށްފިއެވެ.

ހާފިޒު ކަމުގެ ސަނަދު ހާސިލް ކޮށްފައި ވަނީ ސ.ހިތަދޫ، އޭކްޕުލް، އާމިނަތު އަހުމަދު އަދި ހައްވާ ދީދީ އެވެ.

“ޤުރުއާން ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތު” ގެ ނަތީޖާ ފާޅު ކުރަން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި މި ދެ ފަރާތަށް ޤުރުއާނާ ބެހޭ މަރުކަޒުން ދޭ ތާޖާއި ސަނަދު އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފައިސާގެ އިނާމު ހަވާލުކޮށް ދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

އާމިނަތު އަހުމަދު 2009 ވަނަ އަހަރު ގުރުއާން ހިތުދަސްކުރަން ފަށައި ހިތުދަސްކޮށް ނިމުނީ މިދިޔަ އަހަރު، އުމުރުން 55 އަހަރުގަ އެވެ. އަދި ހައްވާ ދީދީ 2009 ވަނަ އަހަރު ގުރުއާން ހިތުދަސް ކުރަން ފަށައި މިދިޔަ އަހަރު ވަނީ ހިތުދަސްކޮށް ނިންމައިފަ އެވެ. އޭނާގެ އުމުރަކީ 47 އަހަރެވެ.