ނުރައްކާތެރިކޮށް ދުއްވި ލޯންޗުތައް ދުއްވަން ތިބި ތިން މީހުންގެ ލައިސެންސް ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލައާ ގުޅިގެން ލޯންޗު ދުއްވި ތިން މީހުންގެ ވެސް ލައިސެންސް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.
އަދި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާޏްސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން ކަމަށެވެ.