Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

މާލޭގައި އަޅާ ވަގުފް އިމާރާތް ކުރަހައިދޭނެ ބަޔަކު ހޯދަނީ

މާލޭގައި އިމާރާތް ކުރާ ދެވަނަ ވަގުފު ބިލްޑިންގްގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އޮފީސް އިމާރާތެއްގެ ގޮތުގައި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ 64 ނަންބަރު ކޮށީގަ އެވެ.

މިނިސްޓްރީން އިއުލާންކޮށްފައިވަނީ އެ ތަނުގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، މެޓީރިއަލް ސްޕެސިފިކޭޝަން އަދި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

އަދި އެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.