Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ދަނޑުވެރިކަމަށް ހާއްސަ "އެގްރި ބޯޓް" އިފުތިތާހުކޮށްފި

ދަނޑުވެރިކަމަށް ހާއްސަކޮށް އުފެއްދި އުޅަނދު "އެގްރި ބޯޓް" އިފްތިތާހުކޮށްފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮތް ރަސްމިއްޔާތުގައި އެގްރި ބޯޓު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން އުފައްދާފައިވާ ބޯޓެކެވެ.

މި ބޯޓުތަގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި، ސޯލާ ޕަވަޑް ކޯލްޑް/ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި، ކްރޫއަށް ހާއްސަ ވޭ ކޮޓަރިތައް ވެސް ހިމެނެ އެވެ.

ޔޫއެންޑީޕީން ބުނީ އެގްރިބޯޓުން ދަނޑުވެރިންގެ އުފެއްދުންތައް އަވަހަށް ބާޒާރަށް ގެންދަން ފެށުމުން ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަވެ، އިގުތިސޯދީ ފުރުސަތުތައް އިތުރުވާނެ ކަމަށެވެ. އެގްރިބޯޓާ އެކު ތާޒާ މޭވާ އާއި ތަރުކާރީ ލިބުން ދަތި ރަށްތަކަށް ކާނާގެ ޔަގީންކަން އިތުރުވާނެ ކަމަށް ޔޫއެންޑީޕީން ބުނެ އެވެ.

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.